twitterviber whatsapp telegramfacebookyoutube instagram
1st June 2026

“ރަންދާން” ދީނީ ސުވާލު މުބާރާތުގެ އުމްރާ ދަތުރު ކުޅުދުއްފުށީ މީހަކަ ލިބިއްޖެ

Mar 17, 2015

1435 “ރަންދާން” ދީނީ ސުވާލު މުބާރާތުގެ އެންމެ ގިނަ ރަގަޅު ޖަވާބު ދިމާކުރާ ފަރާތަކަށް އަލް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އުމްރާ ދަތުރު، ހދ. ކުޅުދުއްފުށީ އިރުދޭމާގެ، އަބްދުﷲ އަލީ (43 އަހަރު) އަށް ލިބިއްޖެ އެވެ.

ޖުމްލަ 5893 މީހުން އެސްއެމްއެސް މެދުވެރިކޮށް ބައިވެރިވި މި ސުވާލު މުބާރާތުގައި ހުށަހެޅުނު 29 ސުވާލުގެ ތެރެއިން އަބްދުﷲ އަލީ ވަނީ 26 ސުވާލުގެ ރަގަޅު ޖަވާބު ދިމާކޮށްފަ އެވެ.

މިމުބާރާތުގެ އެއްވަނަ ހާސިލްކުރި އަބްދުﷲ އަލީ އަށް ޞަފާ ގުރޫޕުން މިހާރު ވަނީ އުމްރާ ދަތުރާ ގުޅޭ މައުލޫމާތު ވެސް ދީފަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މިމާތް އަޅުކަމަށް އަބްދުﷲ އަލީ ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

ޞަފާ ގުރޫޕަކީ ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމުގެ ތަޖުރިބާ ލިބިފައިވާ ގިނަ ބަޔަކު އިތުބާރުކުރާ ގްރޫޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355