މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒާހިރުގެ ދަރުސްތަކެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި އެވެ.
ކުޅުދުއްފުށީގެ ސްކޫލުތަކުން ގުޅިގެން ކުރިއަށްގެންދިޔަ މި ދަރުސްތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދަރުސް ދީފައިވަނީ ކުޅުދުއްފުށިގައި ހުންނަ މުވައްސަސާތަކުގައި މަސައްކަތްކުރާ ފަރާތަކަށް އަމާޒުކޮށްގެންނެވެ.
ހުކުރު ދުވަހުގެ ރޭ ވަނީ “ނަމޫނާާ”ގެ ނަމުގައި ހާއްސަ ދަރުސްއެއް ދީފައި އެވެ. އަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ދަރުސް އަޑުއެއްސެވުމަށް ގިނަ އަދަދެއް އާއްމުން ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން މިއަދު ހެނދުނު ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އަލީ ޒާހިރު ވަނީ ދަރުސް ދެއްވައިފަ އެވެ.
ކުޅުދުއްފުށީ ސްކޫލުތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގުރާމްގެ ދަށު މިދިޔަ ހަފްތާ ބަންދުގައި ކުޅުދުއްފުށީގައި ވަނީ ދަރުސް ދިނުމުގެ ހަރަކާތަކެއް ބާއްވަފަ އެވެ.