twitterviber whatsapp telegramfacebookyoutube instagram
6th November 2025

އެންޓި-ކޮރަޕްޝަން ކުއިޒް: 5 ސްކޫލަކުން 40 ދަރިވަރުންނާ އެކު ފަށައިފި

Apr 18, 2015

ޤައުމީ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްދާ ގެންދަން ހަމަޖެހިފައިވާ ކުއިޒްގައި 5 ސްކޫލަކުން 40 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ މި ކުއިޒްގައި ހދ އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ފަސް ސްކޫލަކުންނެވެ. އެއީ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލާއި ނޮޅިވަރަންފަރު ސްކޫލާއި ނައިވާދޫ ސްކޫލު އަދި ފިނޭ ސްކޫލުންނެވެ.

ޖުމްލަ ދެ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ކުރިއަށްދަނީ ލީގް އުސޫލުންނެވެ. މި މުބާރާތުގެ 2 ކެޓަގަރީއަކީ ގުރޭޑް 6/7 ގެ ކެޓަގަރީ އާއި ގުރޭޑް 8/9 ގެ ކެޓަގަރީ އެވެ.

މި އަހަރު ޤައުމީ އެންޓި ކޮރަޕްޝަނުން ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށީގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355