twitterviber whatsapp telegramfacebookyoutube instagram
16th May 2025

އެންޓި-ކޮރަޕްޝަން ކުއިޒް: ސީނިއާ ކެޓަގަރީ އެއްވަނަ ޖަލާލުއްދީން، ޖޫނިއަރ ކެޓަގަރީ އެއްވަނަ ފިނޭ ސްކޫލަށް

Apr 18, 2015

ޤައުމީ އެންޓި- ކޮރަޕްޝަން ކޮމިޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ކުރިއަށް ގެންދިޔަ ކުއިޒްގައި ސީނިއަރ ކެޓަގަރީ އެއްވަނަ ޖަލާލުއްދީން ސްކޫލު ހޯދައިފި އެވެ.

ޖުމްލަ 5 ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ ސީނިއަރ ބައިން އެއްވަނަ ޖަލާލުއްދީން ސްކޫލު ހޯދީ ނޮޅިވަރަންފަރު ސްކޫލާއި ފައިނަލްގައި ވާދަކޮށްގެންނެވެ. ޖަލާލުއްދީން ލިބިފައިވަނީ 95 ޕޮއިންޓެވެ. މި ބައިން 72 ޕޮއިންޓާ އެކު ދެވަނަ ލިބިފައިވަނީ ނޮޅިވަރަންފަރު ސްކޫލެވެ.

ޖޫނިއަރ ބައި އެއްވަނަ ހޯދީ 6 ޕޮއިންޓް ލިބިގެން ފިނޭ ސްކޫލެވެ. މި ބައި 3 ޕޮއިންޓާ ހޯދައިގެން 2 ލިބިފައިވަނީ އަފީފުއްދީން ސްކޫލަށެވެ.

ޖުމްލަ ދެ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ކުރިއަށްދިޔައީ ލީގް އުސޫލުންނެވެ.

މި މުބާރާތުގެ ޖޫނިއަރ ބައި އެއްވަނަ ހޯދި ފިނޭ ޓީމް، އޭސީސީގެ ބޭފުޅުންނާއެކު ފޮޓޯއެއްގަ–ފޮޓޯ: ވާހިދު

މި މުބާރާތުގެ 2 ކެޓަގަރީއަކީ ގުރޭޑް 6/7 ގެ ކެޓަގަރީ އާއި ގުރޭޑް 8/9 ގެ ކެޓަގަރީ އެވެ. މިމުބާރާތުގައި 3 ވަނަ ހޮވާފައެއް ނުވެ އެވެ.

ހދ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލާއި ނޮޅިވަރަންފަރު ސްކޫލާއި ނައިވާދޫ ސްކޫލު އަދި ފިނޭ ސްކޫލުންނެވެ. މުބާރާތުގެ ހާއްސަ ވަނަތަކަށް ދިޔަ ސްކޫލުތަކަށް އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި އަންގާރަ ދުވަހު ބާއްވާ ހާއްސަ ޖަލްސާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355