ށ ޅައިމަގުގައި ކޭބަލް ޓީވީ ހިދުމަތް ދިނުމަށް ބަހައްޓާފައި ހުރި 2 ފޮއްޓެގައި ބަޔަކު އަލިފާން ރޯކޮށްލައިފި އެވެ.
ށ ޅައިމަގު ކައުންސިލްގެ ނައިބް ރައީސް އާދަމް އަޒުމް ވިދާޅުވީ މި ދެ ފޮށީގައި ރޯކޮއްލާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށާއި ސީދާ ވަގުތެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ކައުންސިލަށް އެހަބަރު ލިބިފައިވަނީ އިއްޔެ ހެނދުނު 6:30 ހާއިރުކަމަށެވެ.
އަޒުމް އިތުރަށް ވިދާޅުވީ މި މައްސަލަ ވާނީ ޕޮލިހަށް ހުށައަޅާފައި ކަަމަށާއި ޕޮލިހުން އައިސް އިއްްޔެ އެމައްސަލަ ބެލިކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ޅައިމަގު ކޭބަލް ޓީވީ ފޮއްޓެގައި އަލިފާން ރޯކޮށްލުމުން، އަނދާފައި–
ރޯކޮއްލި 2 ފޮށީން ކޭބަލް ޓީވީގެ ހިދުމަތް ހޯދަމުން އަންނަ މީހުންނަަށް އަދިވެސް ވަނީ ކޭބަލްގެ ހިދުމަތް ވަނީ ކެނޑިފައެެވެ.
އާބާދީގައި 800 މީހުން ދިރިއުލޭ ށ.ޅައިމަގުގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަނީ އެރަށުގެ އަމިއްލަ ފަރާތަކުންނެވެ.