twitterviber whatsapp telegramfacebookyoutube instagram
6th November 2025

ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި

Apr 19, 2015

ހއ.ބާރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ސުޖާއުގެ އެހީތެރިކަމާ އެކު ފެށި މި ހިދުމަތް، ފައްޓަވައިދެއްވުމުގެ ގޮތުން ސުޖާއު ވިދާޅުވީ އަމިއްލަ ރަށުން ޕޮލިސް ރިޕޯޓް ލިބޭނޭގޮތްވުމަކީ ބާރަށުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

ފޮލިސް ރީޕޯޓް ދޫކުރުމަށް ބާރަށުގައި ބޭއްވި ހަފްލާގެ ތެރެއިން–

މި ހިދުމަތް ފެށުމަށްޓަކާ އެދާއިރާގެ މެމްބަރު ވަނީ ޕްރިންޓަރެއް ހަދިޔާ ކުރައްވާފަ އެވެ. އިއްޔެ ހަވީރު މިކަމަށްޓަކާ ބާރަށުގައި ބޭއްވި ހަފްލާގައި އެރަށުގެ މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355