އަމީރު އަމީން ސްކޫލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަލަސް ޝޯ އަންނަ މެއި މަހު ބާއްވާނެ ކަމަށް އެސްކޫލުން ހާމަކޮށްފި އެވެ.
މި ޝޯ ކުރިއަށް ދާނީ މި އަންނަ މެއި މަހު 1 ން 2 ކޮންމެ ދުވަހަކު މެންދުރުފަހު 2:30 ން ފެށިގެން ތިލަދެކުނު ސިނަމާގަ އެވެ.
ޔޫކޭޖީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެސްކޫލުން ކުރިއަށް ގެންދާ މި ސްޓޭޖް ޝޯގެ އަމާޒަކީ ދަރިވަރުންގެ ހުނަރު ސްޓޭޖްމަތިން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު ޕްރައިމަރީ ގްރޭޑަށް ބަދަލުވާއިރު އެކުދިންނަކީ ސްޓޭޖްމަތީގެ ހަރަކާތްތައް ކުރަންކެރޭ ދަރިވަރުންނަށް ހެދުމާއި އެކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުންމެވެ.
ޑްރާމާއި ނެށުމާއި ލަވަކިއުން އަދި ފެޝަން ޝޯ ފަދަ އެކި ހަރަކާތްތައް ދަރިވަރުން ހުށައަޅައިދޭ އަދި އެސްކޫލު ޓީޗަރުންގެ ފަރާތުންވެސް އެކި ހަރަކާތައް ހުށައަޅައިދޭ މި ޝޯގެ ޓިކެޓް މި މަހު 25 ން 27 އަށް ކޮންމެ ދުވަހަކު 10:00 ން 12:00 އަށް އެސްކޫލުން ލިބިެން ހުންނާނެ އެވެ. ޓިކެޓެއްގެ އަގަކީގީ 25 ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މަލަސް ޝޯގައި އެސްކޫލް ޔޫކޭޖީގެ 125 ދަރިވަރަކުވަނީ ބައިވެރިވެފަ އެވެ.