twitterviber whatsapp telegramfacebookyoutube instagram
6th November 2025

ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ސޮއިކުރާ ޕެޓިޝަނުގައި ކުޅުދުއްފުށީ 5000 ވުރެ ގިނަ މީހުން ސޮއިކޮށްފި

Apr 20, 2015

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މާފު ދީ، ދޫކޮށްލަން އެދި ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން އެމްޑީޕީން ތައްޔާރުކުރަމުން އަންނަ ޕެޓިޝަނުގައި ކުޅުދުއްފުށިން މިހާތަނަށް 5000 ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މި ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތުގައި ކުޅުދުއްފުށީގައި އިސްކޮށް އުޅޭ ފަރާތެއް ކަމަށްވާ އަލީ މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުޅުދުއްފުށިން 5703 މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ.

” އަޅުގަނޑުމެން މިބަލަނީ 6000 މީހުން މި ޕެޓިޝަނުގައި މިރަށުން [ކުޅުދުއްފުށީ] ސޮއިކުރާނެ ކަމަށް. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 5703 މީހުން ސޮއިކޮށްފަވޭ ” އަލީ ބުންޏެވެ.

އޭނާ ބުނީ ޕެޓިޝަނުގައި ސޮއިކުރުން މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މި ޕެޓިޝަނުގައި ވީހާވެސް ގިނަ ފަރާތަކެއް ސޮއިކުރުމަށް އެދޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355