twitterviber whatsapp telegramfacebookyoutube instagram
16th May 2025

ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ލިބިއްޖެ

Apr 22, 2015

ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު އޮޑިޓް އޮފީހަށާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ހަވާލުކޮށްދެއްވީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑެއް ތައާރަފްކުރުމަކީ ކޮރަޕްޝަން މަނާކޮށް ނައްތާލުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މަސައްކަތަށް އިތުރު ދިރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިއަހަރު އެ އެވޯޑު ހާސިލްކުރި އޮޑިޓް އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ޝުކުރު ދަންނަވާފަ އެވެ.

އޮޑިޓް އޮފިހާ އެވޯޑް ހަވާލުކޮށްދެއްވަނީ–ފޮޓޯ: ވާހިދު

ދައުލަތުގެ މުވައްސަސާތަކުގެ ކެޓަގަރީން އެ އެވޯޑަށް ނޮމިނޭޓްވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހެވެ. އަދި ޖަމިއްޔާތަކުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ ހަމައެކަނި ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ.

ވަކިވަކި ފަރުދުންނަށް ވެސް އެ އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ނޮމިނޭޓް ވުމަށް ބޭނުންވާ މިންވަރަށް މާކްސް ލިބިފައި ނުވާތީ އެ ކެޓަގަރީން މި އަހަރު އިނާމުދީފައެއް ނުވެ އެވ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355