twitterviber whatsapp telegramfacebookyoutube instagram
11th April 2026

“ލައުނަތާ ދުރުވުން” ނަމުގައި މިރޭ ކުޅުދުއްފުށީގައި ދަރުހެއް ބާއްވަނީ

Apr 22, 2015

އެސީސީ ގެ ފަރާތުން ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި “ލައުނަތާ ދުރުވުން” ގެ ނަމުގައި މިރޭ ދަރުހެއް ދިނުމަށް ހަމަޖެހިއްޖެ އެވެ.

މިރޭ 9 ޖަހާއިރު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުސް ދެއްވަނީ ޝެއިހް އިބްރާހިމް އަހުމަދެވެ.

މިއީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސީސީން ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އެއްހަރަކާތެވެ. އޭގެ އިތުރުން ވެސް އެސީސީގެ ފަރާތުން ވަނީ ފޯސްޓަރ ކުރެހުމުގެ މުބާރާތަކާއި ކުއިޒް ކޮމްޕެޓިޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355