twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުށީ ހޮސްޕިޓަލް މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

Apr 22, 2015

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަރާމާތަށް ބޭނުންވާ ބައެއް މަސައްކަތްތައް ކުރުމަށް މިއަދު ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރުފަހު ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަހުމަދު ޒުހޫރެވެ.

މަރާމާތުގެ މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ނުވަދިހަ ފަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ފަސްލައްކަ ހަތްދިހަ ހާސް ފަސްސަތޭކަ ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގައި ހޮސްޕިޓަލްގެ ފާހާނާތަކާއި ސިންކު ކަބަޑުތައް އަދި ދޮރާއި ދޮރުފަތްތައް މަރާމާތު ކުރުމުގެ އިތުރުން ކަރަންޓް ވިއުގަ މަރާމާތު ކުރެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355