twitterviber whatsapp telegramfacebookyoutube instagram
25th December 2025

އަތޮޅު ތެރޭގެ ކަރަންޓް ބޭންޑް ޔުނިޓް ތަފާތުވުމުން ގިނަ ރައްޔިތުންގެ ޝަކުވާ ލިބޭ

Apr 23, 2015

އުތުރުގެ އަތޮޅުތަކަށް ކަރަންޓުގެ ބޭންޑް ޔުނިޓް ތަފާތުވުމާ ގުޅިގެން ގިނަ ރައްޔިތުންގެ ޝަކުވާތަކެއް ލިބެމުންދާކަމަށް ހދ.އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

އަތޮޅު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އަބްދުލްމުހައިމިން ވިދާޅުވީ ގިނަ ރައްޔިތުންގެ ޝަކުވާއަކީ ހދ އަތޮޅު ހިމެނޭ ސަރައްދާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބޭންޑް ޔުނިޓް ތަފާތުވެފައިވާތީ ކަމަށެވެ.

މުހައިމިން ވިދާޅުވީ ކަރަންޓަކީ އަސާސީ ހިދުމަތަކަށް ވާއިރު މިކަމުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް އަތޮޅު ކައުންސިލްގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާ ފަދަ އަސާސީ ކަންކަމުގައި ހދ އަތޮޅުގެ ރައްޔިތުން އުޅެނީ ވަރަށް ފަހަތުގައި ކަމަށާއި އެކަންކަމާއި ބެހޭގޮތުން ވެސް ސަރުކާރާއެކު މަޝްވަރާ ކުރެއްވުމަށް މަސައްކަތް ކުރެެވެމުންދާ ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

އޭގެ އިތުރުން މިމަހު ކުރީކޮޅު ސަބްސިޑި މައްސަލާގައިވެސް ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އެހެންނަމަވެސް މިހާތަނަށްވެސް އަދި އެސިޓީގެ ޖަވާބެއް ލިބިފައިނުވާކަމަށް މުހައިމިން ވިދާޅުވި އެވެ.

މިހައިމިން ވިދާޅުވީ މި އަތޮޅަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރާ މަޝްވަރާކޮށް ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރުމަށް އަތޮޅު ކައުންސިލުން މަަސައްކަތް ކުރައްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355