ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 100 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި 100 ފުރުސަތުގެ ތެރޭގައި ހިމެނެނީ ބެޗްލާސް ޑިގްރީގެ 55 ފުރުސަތާއި މާސްޓާސް ޑިގްރީގެ 30 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ 15 ފުރުސަތެވެ. ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27 ގެ ކުރިންނެވެ.
އެ ފުރުސަތުތަށް ލިބޭ ފަރާތްތަކުން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުންމުލް-ޤުރާ ޔުނިވާސިޓީ އާއި ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ދަންމާމް އާއި ކިންގް ފައިސަލް ޔުނިވާސިޓީ އާއި ކިންގް ސައުދު ޔުނިވާސިޓީގެ އިތުރުން ގާސިމް ޔުނިވާސިޓީގައި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓްގައި މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ އިއުލާނުގައި މި ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.