twitterviber whatsapp telegramfacebookyoutube instagram
11th July 2025

ކަރަންޓް ބިލަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ކަރަންޓް އަންނަމަހު “ކަނޑާލެވޭނެ”

Apr 26, 2015

ކަރަންޓް ބިލް ނުދައްކާ ފަރާތްތަކާމެދު ގަވައިދުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފި އެވެ.

ވިޔަފާރިތަކަށް ދެމުން ގެންދިޔަ ކަރަންޓް ސަބްސިޑީ ސަރުކާރުން ހުއްޓާލުމާ ގުޅިގެން އަތޮޅުތެރޭގެ ގިނަ ވިޔަފާރިންވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އިހްތިޖާޖް ވެސް ކޮށްފަ އެވެ. އަދި ކުޅުދުއްފުށީގެ ބައެއް ވިޔަފާރިވެރިން ވަނީ އެޕްރީލް މަހުގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކަ ބިލްތައް އަނބުރާ ފެނަކައާ ހަވާލުކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ މާރޗްމަހުގެ ކަރަންޓް ބިލު ނުދައްކާ ފަރާތަކާ މެދު މެއި މަހު، ގަވާއިދުތަކާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ވިޔަފާރިތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އޭޕްރީލްމަހު ކަރަންޓް ބިލަށް “ލުއި” ގޮތްތަކެއް ފެނަކައިން ހަމަޖައްސާފައިވާނޭ ކަމަށެވެ. އެގޮތުން މާރޗްމަހުގެ ކަރަންޓް ބިލް ދެއްކުން މުއްދަތެއް ނެތްގޮތަށް ދޫކޮށްލާފައިވާނޭ ކަމަށާއި އެބިލަށް ޖޫރިމަނާއެއް ވެސް ނުނަގާނެ ކަމަށް އާދަމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355