twitterviber whatsapp telegramfacebookyoutube instagram
16th May 2025

އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ޖޫން 8 ން 11 އަށް ކުޅުދުއްފުށީގައި

Apr 28, 2015

ޖޫން 8 ން 11 އަށް އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ކުޅުދުއްފުށީގައި ބޭއްވުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

އެތުލެޓިކްސް މީޓްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ސްކޫލް މަދުރަސާތަކަށް ހުޅުވާލާފައިވާއިރު މިއެތުލެޓިކްސް މީޓްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިހާރު ވާނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވާފަ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މި އޭޕްރިލް 2 ގައި މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެތްލެޓިކްސް އެސޯސިއޭޝަނުން ފޯމްތައް ބަލައި ގަންނާނީ މިމަހުގެ 30 ގެ ނިޔަލަށެވެ.

2013 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި 16 ސްކޫލަކު 315 އެތްލީޓުން ބައިވެރިވި އެވެ.

އެޓޯލް އިންޓަ ސްކޫލް އެތްލެޓިކްސް މީޓަކީ ސްކޫލްތަކުން އިސްކަމެއް ދީގެން ތައްޔާރުވާ އެންމެ ބޮޑު އެއް މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355