twitterviber whatsapp telegramfacebookyoutube instagram
13th June 2026

އަމީރު އަމީން ސްކޫލްގެ ކިޔެވުން 4 ދުވަހަށް މެދުކަނޑަލައިފި

Apr 28, 2015

އަމީރު އަމީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “މަލަސް ޝޯވ”  އަށް ތައްޔާރު ވުމުގެ ގޮތުން އެ ސްކޫލްގެ ހުރިހާ ގްރޭޑްތަކެއްގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑަލައިފި އެވެ.

ސްކޫލްގެ ކިޔެވުން މިއަދު މެދު ކަނޑާލާފައި ވާއިރު ދެން ސްކޫލްގެ ކިޔެވުން ފެށޭނީ މެއި 4 ވާ ހޯމަދުވަހު އެވެ.

އެސްކޫލް ޔޫކޭޖީ ދަރިވަރުންނަށް ހާއްސަކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަލަސް ޝޯވ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހު 1 އަދި 2 ވަނަ ދުވަހު ތިލަދެކުނު ސިނަމާގަ އެވެ.

މި ސްޓޭޖް ޝޯގެ އަމާޒަކީ ދަރިވަރުންގެ ހުނަރު ސްޓޭޖްމަތިން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު ޕްރައިމަރީ ގްރޭޑަށް ބަދަލުވާއިރު އެކުދިންނަކީ ސްޓޭޖްމަތީގެ ހަރަކާތްތައް ކުރަންކެރޭ ދަރިވަރުންނަށް ހެދުމާއި އެކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

މަލަސް ޝޯވއަކީ އެ ސްކޫލުން ކޮންމެ އަހަރަކުވެސް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދާ ޝޯވ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355