twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ. އަތޮޅު ކައުންސިލާއި ސިވިލް ސާރވިސް އިންސްޓިޓިއުޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

Apr 30, 2015

ތަމްރީނާއި ތައުލީމް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ހދ. އަތޮޅު ކައުންސިލާއި ސިވިލްސާރވިސް ޓުރޭނިން އިންސްޓިޓިއުޓާ ދެމެދު ސޮއިކޮށްފި އެވެ.

ހދ އަތޮޅު ކައުންސިލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ނަސީރެވެ. އަދި ސިވިލް ސާރވިސްގެ ފަރާތުން ސޮއި އެކޮމިޝަންގެ ރައީސް ޑރ މުހައްމަތު ލަތީފް އެވެ.

ޕްލޮމާއިން އޮފީސް އޭޑްމިނިސްޓްރޭޝަނާއި ކުރު ތަމްރީން ޕްރޮގްުރާމްތަކާއި ސީ 3 ގެ ކޯސްތަކެވެ. އެއީ މި ސޮއިކުރެވުނު އެއްބަސްވުމުގައި 3 ކޯހެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–ފޮޓޯ: ވާހިދު

މާދަމާ ކޯސްތައްފެށިގެން ދާއިރު މިކޯސްތައް ބޮޑަށް އަމާޒް ވެގެންދާނީ ހދ.އަތޮޅުގައި މަސައްކަތްކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންނަށެވެ. އެހެންނަމަވެސް ޝަރުތު ހަމަވާ ފަރާތަކަށް މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އަތޮޅު ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355