twitterviber whatsapp telegramfacebookyoutube instagram
11th April 2026

މޭޑޭ ރެލީގައި ބައިވެރިވުމަށް 200 އަށްވުރެ ގިނަ މީހުން މާލެ ދިއުމަށް ކުޅުދުއްފުށިން ފުރައިފި

Apr 30, 2015

“އަނިޔާވެރިކަމާ ދެކޮޅަށް ދިވެހި ރައްޔިތުން”ގެ ނަމުގައި އިދިކޮޅު ފަރާތަކުން މާދަމާ މާލޭގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ މީހުންނާ އެކު ކުޅުދުއްފުށީ ބާދުޝާހް ބޯޓް މިއަދު ފުރައިފި އެވެ.

މިއަދު ހަވީރު ފަހެއް ޖެހިއިރު ކުޅުދުއްފުށީ އުތުރު ބަނދަރުން ފުރި ބާދުޝާހް ބޯޓްގައި 250 މީހުން ތިބި ކަމަށް އިތުބާރު ހުރި ފަރާތަކުން މިނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.

މާދަމާ މާލޭގައި ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ބާދުޝާހްގައި ހދ. އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ މީހުން ތިބިއިރު ރަށްރަށުގެ ކައުންސިލަރުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

ބާދުޝާހު ބޯޓަށް މާލެ ދެވޭނީ މިރޭ ފަތިހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355