twitterviber whatsapp telegramfacebookyoutube instagram
16th May 2025

އަމީރު އަމީން ސްކޫލްގެ 16 ވަނަ މަލަސް ޝޯ ފަށައިފި

May 2, 2015

އަމީރު އަމީން ސްކޫލްގެ މަލަސް ޝޯ 2015 އިއްޔެ ތިލަދެކުނު ސިނަމާގައި ފަށައިފި އެވެ.

އެ ސްކޫލު ޔޫކޭޖީ ދަރިވަރުންގެ ހުނަރު ދައްކާލުމަ ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ޝޯ އިއްޔެ ފައްޓަވައި ދެއްވީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާ ޒާހިރާ މުހައްމަދެވެ.

ޒާހިރާ މުހައްމަދު ދެއްކެވި ވާހަކާގައި މަލަސް ކޮންސެޓަކީ ކުޑަ ކުދިންގެ މެދުގައި ވަރަށް މަގުބޫލް ކޮންސެޓެއްކަމަށާއި މި އުމުރުފުރާ އަކީ ދަރިވަރުންނަށް އުނގަންނައި ދިނުމަށް އެންމެ ފަސޭހަ އުމުރުފުރާ ނޫން ނަމަވެސް އެކަމަށްޓަކައި ސްކޫލްގެ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރެެއްވި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކަށް ބަދަލުވާއިރު ދަރިވަރުންނަކީ ކަންކަމުގައި އިސްނަގާ ކަންކަމާ ކެރިގެން ކުރިމަތިލާ ދަރިވަރުންނަށް ހެދުމަކީ މުހިއްމު ކަމެއްކަން ޒާހިރާ ފާހަގަ ކުރެއްވި އެވެ.

މި ކޮންސެޓްގައި މިއަހަރު 106 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ. 2 ދުވަހަށް ކުރިއަށް ގެންދާ މި ކޮންސެޓްގައި ދަރިވަރުންގެ އިތުރުން ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުންވެސް ވަނީ އައިޓަމްތައް ހުށައަޅައި ދީފަ އެވެ.

މި ކޮންސެޓްގެ މަގުސަދަކީ ދަރިވަރުންގެ ހުނަރު ސްޓޭޖްމަތިން ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއި ޕްރައިމަރީ ގްރޭޑަށް ބަދަލުވާއިރު އެކުދިންނަކީ ސްޓޭޖްމަތީގެ ހަރަކާތްތައް ކުރަންކެރޭ ދަރިވަރުންނަށް ހެދުމާއި އެކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355