ބޮޑު ތަފާތަކުން އަމީނީ ހައުސް ބަލިކޮށް، އަފީފުއްދީން ސްކޫލުގެ 11 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބަރާތުގެ ދަށި ޣާޒީ ހައުސް ހޯދައިފި އެވެ.
އަފީފުއްދީން ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ކުޅުނު މިމުބާރާތުގެ ޗެމްޕިއަންކަން ޣާޒީ ހައުސް ހޯދީ 10-0 އަމީނީ ހައުސް ބަލިކޮށްގެންނެވެ.
އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މިފައިނަލް މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނައިރު ބޯޅަ ގެންގުޅެފައިވަނީ ޣާޒީ ހައުސްގެ ޓީމެވެ.
މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކަށް ހޮވުނީ ޣާޒީ ހައުސް، އަހުމަދު ނަބީލެވެ. އަދި އެންމެ މޮޅު ފޯވަޑަކަށް ވެސް ހޮވުނީ އޭނާ އެވެ. މޮޅު ގޯލް ކީޕަރުގެ މަގާމް ފަރީދީ ހައުސްގެ އަކުރަމް އަހުމަދަށް ލިބުނުއިރު މޮޅު ޑިފެންޑަރގެ މަގާމް ލިބުނީ އަމީނީ ހައުސްގެ ފާރިޝް މުހައްމަދެވެ.
މުބާރާތުން 2 ވަނަ ދިޔަ އަމީނީ ހައުސް–ފޮޓޯ: އަހުމަދު މޫސާ
އެންމެ މޮޅު މިޑްފީޑަރގެ މަގާމް ލިބުނީ ޣާޒީ ހައުސްގެ އަހުމަދު އަލީ އަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބިފައިވަނީ އަހުމަދު އަލީއަށެވެ. މިމުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތަކަށް ތައްޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރ މުސާ މާހިރެވެ.