twitterviber whatsapp telegramfacebookyoutube instagram
13th June 2025

ހދ. އަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހިޖުރަކުރުމުގެ މައްސަލަ: މުހައިމިނު

May 3, 2015

ކަންބޮޑުވާ ދަރަޖައަކަށް ހދ. އަތޮޅުން މީހުން މާލެ ސަރަހައްދަށް ހިޖުރަކުރަމުންދާ ކަމަށާއި މިއީ ހިތްހަމަޖައްސާލައިގެ ތިބެވޭ ކަމެއް ނޫން ކަމަށް ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަބްދުލްމުހައިމިން ވިދާޅުވެއްޖެ އެވެ.

މުހައިމިން މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ “ތިލަދެކުނު އާރޯ” ޕްރޮގްރާމް އިފްތިތާހު ކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުހައިމިން ވިދާޅުވީ “ހދ އަތޮޅަކީ ހަގީގަތުގައި ހިތްހަމަޖައްސާލައިގެން ތިބެވޭނެ އަތޮޅެއް ނޫން” ކަމަށެވެ. އަދި ހދ. އަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިޖުރަކުރުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުރިހާ ބޭފުޅުންވެސް ދައްކަވާ ވާހަކައަކީ ތަރައްގީގެ ވާހަކަ ކަަމަށާއި ތަރައްގީ ހޯދުމަށްޓަކައި މައިގަނޑު އަސާސަކީ އިލްމީ މުޖުތަމައުއެއް ބިނާ ކުރުން ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

ތިލަދެނުކުނު އާރޯ ޕްރޮގްރާމާއި ބެހޭގޮތުން މުހައިމިން ވިދާޅުވީ ހދ އަތޮޅު ކައުންސިލުން މިއަދު ފަށާފައިވާ މަސައްކަަތަކީ މިއަތޮޅުގައި މަސައްކަތްކުރާ ފަރާތަކަށް ކަމާއި ގުޅޭ ދާއިރާތަކުން އެކަށީގެންވާ ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފޯރުކޮށް ދިނުން ކަމަށެވެ. އެގޮތުން މިއީ މިއަހަރު ހިންގާ ދެވަނަ ޕްރޮގްރާމް ކަމަށް އޭނާ ފާހަގަކުރި އެވެ.

އެގޮތުން ފުރަތަމަ ޕްރޮގްރާމް ހިންގާފައިވަނީ މިއަހަރަ ކުރީކޮޅުގައި ވިލާ ކޮލެޖްގެ ފަރާތުން މާސްޓަރ އޮފް ބިޒްނަސް ކޯހެއް ކަމަށް މުހައިމިން ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com