ދުނިޔޭގެ ދިރާސާ ކުރާ ސައިންސްވެރިންގެ ގުރޫޕަކަށް އާދަޔާ ހިލާފު އަޑެއް ލައްވާ ދޫންޏެއް ފެނިއްޖެ އެވެ.
ދިރާސާކުރި ސައިންސްވެރިންގެ ތެރެއިން ސައިންސްވެރިޔަކު ބުނި ގޮތުގައި މި ދޫންޏަކީ ވަރަށް ސިއްރުވެރި އަދި ހޯދަން ވަރަށް އުނދަގޫ ބާވަތެއްގެ ދޫންޏެކެވެ.
ޝިއުޔަން ވަޝް ވާރބްލަރ އަކީ ވަރަށް ތަފާތު އަދި ތޫލި އަޑެއް ލައްވާ ދޫންޏެެވެ. މި ބާވަތުގެ ދޫނި ފެންނަނީ ބޮޑަށް ވިނަގަނޑު ބޯ ވެފައި ހުންނަ ފަރުބަދަ ސަރަހައްދު ތަކުންނެވެ.
ސައިންސްވެރިންގެ މިދިރާސާވަނީ ދުނިޔޭގެ މައްޝޫރު ޖުައާރނަލް އޭވިއޭޝަން ރިސާޗްގައި ޝާއިރު ކޮއްފައެވެ. އަދި މި ދޫނީގެ މި އާދަޔާ ޙިލާފު އަޑު ވަނީ ރިކޯޑުކުރެވި އެމް އެސް ޔޫ އޭވިއަން ވޮކަލައިޒޭޝަން ވެބްސައިޓްގައި ހިމަނާފައެވެ.