twitterviber whatsapp telegramfacebookyoutube instagram
12th August 2026

ސިޓީ ހޮޓަލުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރުމަށް އީ.ޕީ.އޭއާ އެކު ދަނީ މަޝްވަރާ ކުރެވެމުން: ހަނިމާދޫ ކައުންސިލް

May 6, 2015

 ހދ. ހަނިމާދޫގައި ހަދާފައިވާ ސިޓީ ހޮޓަލުން، ބޭރުކުރާ ނަޖިސް ރަށުތެރެއަށް ފެތުރެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އެންވަރމެންޓް ޕުރޮޓެކްޝަން އެޖެންސީ(އީޕީއޭ) އެކު މަޝްވަރާމުންދާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.

ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުން ބޭރުކުރާ ބޮޑުކަމުދާ ނަޖިސް ނައްތާލުމަށް 100 ފޫޓާއި 50 ފޫޓު ހުންނަވަރުގެ ބޮޑު ވަޅުގަނޑެއް ކޮނެފައިވާއިރު މި ވަޅުގަނޑު ދަނީ އެކިދުވަސްތަކުގެ މަތިން ފުރެމުންނެވެ. މި މައްސަލަ ދިމާވެ ހައްލެއް ނުލިބިފައި އޮންނަތާ މިހާރު 2 ވަރަކަށް މަސް ދުވަސް ވެފައި ވާކަމަށް ހަނިމާދޫގެ ކައުންސިލްގެ ނައިބު ރައީސް އާދަމް އިބުރާހިމް ވިދާޅުވިއެވެ.

އާދަމް އިބްރާހިމް ވިދާޅުވީ މައްސަލަ މިހެން ދިމާވެފައިވަނީ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ގިނަ ދުވަސްތަކެއް .ވަންދެން މަޑުޖެހިފައި އަޮތުމުގެ ސަބަބުންކަމަށާއި އެކަން ހައްލުކުރުމަށް ކަމާ ބެހޭ ފަރާތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ސިޓީ ހޮޓާ ހުންނަ ސަރަހައްދުގެ ބައެއް ގެތަކުގެ ފެނުގައި ނުބައި ވަސްދުވުމުގެ ސަބަބުން އެރަށު ސިއްޙީ މަރުކަޒުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ކައުންސިލުގެ ސަމާލުކަމަށް އެކަންތައް ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355