ހަނިމާދޫގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި އެކަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ އެވެ.
މަންޒަރުދުއް ފަރާތަކުން “ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު 2 ޖަހާކަށް ހާއިރު ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ހަނިމާދޫ އެއަރޕޯޓް ރަންވޭ ޗެކްޕޯސްޓް ބިއްލޫރިގަނޑުގައި ޖެހިގެން ކަމަށެވެ.
މިހާދިސާ ހިނގިއިރު ސައިކަލް ދުއްވަން އިނީ އަންހެނެއްކަމަށާއި ބޮޑަށް އަނިޔާވެފައިވަނީ ފަހަތުގައި އިން ފިރިހެން މިހާއަށް ކަމަށެވެ.އަދި އޭނާގެ އަތް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް މަންޒަރުދުއް ފަރާތުން މައުލޫމާތު ދެއެވެ.
ކޮންޓްރޯލް ނުކުރެވި ސައިކަލް އެރި ޗެކްޕޯސްޓް ބިއްލޫރިގަނޑު–ފޮޓޯ: މަފާޒް
ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ މިކަމާއި ބެހޭގޮތުން މިވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށާއި މިވަގުތު މަސައްކަތް ކުރެވެމުންދަނީ މި ހާދިސާގައި އަނިޔާވި މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށެވެ.