twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޕީއެސް “މާ ބަގީޗާއަކަށް”

May 10, 2015

މިދިޔަ އަހަރާއި އެއްފަދައިން މި އަހަރުވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިރުމަތި އަވަށު ޕްރީ ސްކޫލުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. އެގޮތުން މިފަހަރުު މި ސްކޫލް ދައްކައިލާފައި ވަނީ “މާ ބަގީޗާއެއް”ގެ ސިފައިގައެވެ.

އައިޕީއެސްގެ ބެލެނިވެރިން ހަދާފައިވާ ކޮކާލެއް–

މި “މާ ބަގީޗާގައި” މުޅި ސްކޫލް ވަނީ ތަފާތު ވައްތަރުގެ ކަރުދާހުން ހަދާފައި ހުރި މާ ގަސްގަހާއި އެކި ކަހަލަ ދިރޭ ސޫފިތަކުން ޒީނަތްތެރި ކުރެވިފައެވެ. އަދި ތަފާތު ވައްތަރުގެ ކުޅިވަރު ސްޓޯލްތައް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ސްކޫލްތެރެ މާ ބަގީޗާއެއް ސިފަ ގެނައުމަށްޓަކައި އައިޕީއެސް ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރު ކޮށްފަ އެވެ.

ޓަޔަރުތަކަކުން ހަދާފައިވާ ބޮކެއް

އައިޕީސް ދަރިވަރުން ވެސް ސްކޫލަށް ޒިޔާރާތް ކޮށްފައިވަނީ ތަފާތު ވައްތަރުގެ ހެނދުން އަޅައިގެންނެވެ.

އައިޕީއެސް ހިންގުމާ ހަވާލުވެހުންނެވި ޝަމީމާ ހުސެން ވިދާޅުވީ މިއީ ކުދިންނަން ތަފާތު މާހައުލެއްގައި އުޅެލައި އެކުދިންގެ ބެލެނިވެރިންނާއި ޓީޗަރުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ބޭއްވި ހަވީރެއް ކަމަށެވެ.

އައިޕީއެސް ޒީނަތްތެރިކޮށްފަ–

މާ ބަގީއޗާއެއްގެ ސިފައެއްގައި ފެންނާނެހެން މިހާ ފުރިހަމައަށް ސްކޫލު ތައްޔާރު ކޮށްދީފައިވަނީ ހީވާގި ބެލެނިވެރިންގެ ބުރަ މަސައްކަތުން ކަމަށާއި މި ހަވީރުގައި ތައްޔާރު ކޮށްފައިވާ ތަކެއްޗަކީ 15 ވަރަކަށް ދުވަހުގެ ބެލެނިވެރިންގެ ބުރަ މަސައްކަތުން ތައްޔާރު ކުރެވިފައިވާ ތަކެތި ކަމަށް ސަމީމާ ވިދާޅުވިއެވެ.

އައިޕީއެސް ޒީނަތްތެރިކޮށްފަ–

މިފަދަ ހަވީރެއް ބޭއްވުމުގެ މަގުސަދަކީ ކޮންމެ އަހަރަކު ވެސް ކުޑަކުދިންގެ ދުވަހަކީ ސްކޫލް ގައި ބޭއްވޭ އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ބޭއްވުން ކަމަށާއި މި ސްކޫލްގައި ކިޔެވުމުގެ އިތުރުން އެކި ކަހަލަ ހަރަކާތްތައް ކުރިޔައް ގެންދިއުން ކަމަށް ސަމީމާ ވިދާޅުވިއެވެ.

[yass cats=172]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355