twitterviber whatsapp telegramfacebookyoutube instagram
11th April 2026

މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

May 11, 2015

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މިއަދު އެ އޮތޯރިޓީން ހަމަޖައްސަވައިފި އެވެ.

ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ތައާރަފް ކޮށްދިނުމަށް މީރާއިން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޓްރެޜަރީ އަބްދުﷲ ޖިހާދެވެ.

ހަފްލާގައި މީރާއިން ވަނީ ބޭންކްތައް މެދުވެރިކޮށް އެމް.އެމް.އޭ ގެ “މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް” ފެސިލިޓީގެ ތެރެއިން ފައިސާ ދެއްކޭނެ ނިޒާމަކާއި ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފުކޮށްފަ އެވެ.

އޭގެ އިތުރުން މިހަފްލާގައި ވަނީ ހަމައެކަނި މީރާއިން “ވާރު” ކާޑުގެ ނަމުގައި ހަމައެކަނި މީރާ ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ޑެބިޓް ކާޑެއް ވެސް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މިއަދު ވަނީ ތައާރަފުކޮށްފަ އެވެ.

ވާރު ކާޑު އަދި އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނީ 2013 ވަނަ އަހަރު ތައާރަފުކުރެވުނު މީރާގެ އޮންލައިން ހިދުމަތް “މީރާކަނެކްޓް” ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމުގައި މީރާއިން މައުލޫމާތު ދެއްވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355