twitterviber whatsapp telegramfacebookyoutube instagram
16th May 2025

ކުޑަކުދިންނަށް އަމާޒުކޮށްގެން ސޭވިން އެކައުންޓާ ގުޅޭ މުބާރާތެއް ބީއެމްއެލްއިން ފަށައިފި

May 14, 2015

ބޭންކް އޮފް މޯލްޑިވްސް އިން ފަހަށް ރައްކާ ކުރުމުގެ މުހިއްމު ކަމާއި ގުޅުވައިގެން ކުޑަކުދިންނަށް އަމާޒުކޮށްގެން މުބާރާތެއް ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕޯސްޓަރ ކުރެހުމުގެ ބަޔަކާއި ބީއެމްއެލްއިން އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ޗިލްޑްރެންސް ސޭވިން އެކައުންޓަށް ނަން ހުށައެޅުމުގެ ބަޔެކެވެ.

އޭގެތެރެއިން ޕޯސްޓަރ ކުރެހުމުގެ މުބާރާތުގައި ޕޯސްޓަރ ހުށައެޅުމަށް ހަމަޖެހިފައިވަނީ “ކުރިމަގަށް ރައްކާކުރުން” މިޝިއާރުގެ ދަށުންނެވެ. ޕޯސްޓަރ އަދި ނަން ހުށައެޅަން ހަމަޖެހިފައިވަނީ ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް ކަަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެެވެ.

އެގޮތުން ހުށައެޅޭ ފޯސްޓަރ ތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފޯސްޓަރ ކުރިއަށް ކުރިއަށް ހުރި ޗިލްޑްރަންސް ސޭވިންގް އެކައުންޓް ކެމްޕޭންތަކުގައި ބޭނުން ކުރެވޭނެ ކަމަށާއި ފޯސްޓަރ ކުރެހުމުގެ ބަޔާއި ނަން ހުށައެޅުމުގެ ބައިން އެއްވަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ކަނޑައެޅިފައިވާ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ބީ އެމްއެލްގެ ވެބްސައިޓަށް ހުށައެޅޭ ނަމާއި ފޯސްޓަރތަކަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި 2 ބައިން އެންމެ ގިނައިން ވޯޓް ލިބޭ 5 ފަރާތަކަށް 3000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައެޅިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355