ވިޔަފާރި ތަރައްގީކުރުމާ ބެހޭ ސެންޓަރެއް ނުވަތަ ބިޒިނަސް ޑިވެލެޕްމެންޓް ސެންޓަރެއް މިއަދު ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.
ވިޔަފާރި ތަރައްގީކުރުމަށް އިކޮނޮމިކް މިނިސްޓުރީން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ކުޅުދުއްދުފުށީގައި މި ގާއިމް ކުރެއްވި ބިޒްނަސް ސެންޓަރ ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ސެންޓަރހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުހައްމަދު ސައީދު ވިދާޅުވީ ހދ އަތޮޅަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ އަތޮޅެއް ކަމަށާއި އެގޮތުން އެކިގޮތްގޮތުން ތަރައްގީ ގެނައުމަށް ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ އިގްތިސާދު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށާއި އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ރިޒޯޓްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ–
ކުޅުދުއްފުށީގައި ހުޅުވި މި ސެންޓަރުގެ މަގުސަދަކީ އުތުރަށް ނިސްބަތް ވާ 3 އަތޮޅުގައި އުފައްދާ ތަކެތި މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް ބަންދުކުރުމަށްޓަކައި، ޕެކޭޖިން ފެސިލިޓީގެ ހިދުމަތް ފޯރުކޮށްދިނުން ކަމާއި އެގޮތުން ހިދުމަތާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފަންނީ އަދި ހުނަރު އުނގަންނައި ދިނުމަށް ޓްރެއިނިން ޕްރޮގްރާމްތަކާއި ވިޔަފާރީގެ ރޭވުންތެރިކަން ފޯރުކޮށްދީ ބިޒްނަސް ކޮންސަލްޓެންސީ ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށް މުހައްމަދު ސައީދު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ބީޑީއެސްސީ ގެ ފަރާތުން މިއަހަރު ކުރިއަށްގެންދިޔަ ޓްރޭނިންގ ޕްރޮގްރާމްތަށް ނިންމި ދަރިވަރުންނަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މީގެ ކުރިންވެސް ބީޑީއެސްސީގެ ފަރާތުން ކުޅުދުއްފުށީގެ އިތުރުން ވެސް އެކިއެކި ރަށްރަށުގައިވަނީ ބިޒްނަސް ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.
މިފަދަ ބިޒްނަސް ޑެވެލޮޕްމެންޓް ސަރވިސް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މީގެ ކުރިންވެސް ކުޅުދުއްފުށީގައި ވަނީ ހިންގާފައެވެ. 2010 ވަނަ އަހަރު ހުޅުވުނު އެސެންޓަރުގެ މަސައްކަތް އޭގެ 2 އަހަރެއްހައި ދުވަސް ފަހުން ވަނީ އެއްކޮށް ހުއްޓިފައެވެ