ވައިކަރަދޫ މ.ލަކީސްޓަރ އަލީ ސުލައިމާން (ވައިކަރަދޫ އަލީ ކަތީބު) މިއަދު ހެނދުނު 6:30 ހާއިރު އަވަހާރަވެއްޖެ އެވެ.
އަލީ ސުލައިމާން އަވަހަރަވީ ކިޑްނީ ބައްޔަށް އައި.ޖީ.އެމް.އެޗުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަ ވީއިރު އުމުރުފުޅަކީ 89 އަހަރެވެ.
އަލީ ސުލައިމާނަކީ ދައުލަތަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 33 އަހަރު ހިދުމަތް ކުރައްވާ ދައުލަތައް ގިނަދުވަހު ހިދްމަތްކުރެއްވި އިއްޒަތްތެރިޔާގެ ލަގަބް 2011 ވަނަ އަހަރު ލިބިވަޑައިގަންނަވާފަ އެވެ.
އަލީ ސުލައިމާން ދައުތަލަށް ހިދުމަތް ކުރައްވަން ފެއްޓެވީ ހދ.ވައިކަރަދޫގެ މުދިންކަމާ ހަމައިން 1945 އަހަރު އެވެ. އޭގެ އިތުރުން ވައިކަރަދޫގެ ކަތީބުކަމާއި ހދ. އަތޮޅުގެ އަތޮޅުވެރިކަމާއި ހދ.އަތޮޅު ފިހާރާއިގެ މެނޭޖަރުކަން ކުރައްވައިފައިވެ އެވެ.
އަދި އަތޮޅު ކޮމިޓީގެ ހަރަކާތްތައް ފެށުނީއްސުރެ އަތޮޅުވެރިކަމާ ހަމައަށް ކޮމިޓީގެ ހުރިހާ ހަރަކާތްތަކެއް ބަލަހައްޓަވަމުން ގެންދެވީ އަލީ ސުލައިމާނެވެ. އަދި ރައްޔިތުން މަޖިލީހުގެ ހދ.އަތޮޅުގެ މެމްބަރކަން 3 ދައުރު ވަނީ އަލީ ސުލައިމާން އަދާކުރައްވާފަ އެވެ.
ޢަލީ ސުލައިމާނަކީ އެބޭފުޅާގެ އުފަން ރަށް ހދ.ވައިކަރަދޫއަށާއި އަތޮޅުގެ ތަައުލީމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.