twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ. އަތޮޅުގެ ރަށްތަކަށް ބެހުމަށް 183 ކަދުރު ފޮށި ލިބިއްޖެ

May 17, 2015

މި އަހަރުގެ ރަމަޟާންމަހަށް ސައޫދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ހދ. އަތޮޅަށް ފޮނުވި ކަދުރު މިއަދު ލިބިއްޖެ އެވެ.

ހދ. އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ މުހައިމިނު ” ކުޅުދުއްފުށި އޮންލައިނަށް ” ވިދާޅުވީ ހދ. އަތޮޅަށް ފޮނުވާފައިވާ 183 ގަނޑުފޮށި ކަދުރު މިއަދު ލިބިފައިވާ ކަމަށެވެ. އެއީ 3610 ކިލޯ ކަދުރެވެ.

މުހައިމިނު ވިދާޅުވީ ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ބެހުމަށް ލިބިފައިވާ މިކަދުރު ފޮށިތައް މި ހަފްތާ ތެރޭގައި ފެރީ ނިޒާމްގެ ތެރެއިން ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކަދުރު ބެހުމަށް ހަމަޖެހިފައިވާ މީހުން ދިރިއުޅޭ ގޭބިސީތަކަށް އެކަނި ކަމަށެވެ. މީގެ ކުރިން ރަޖިސްޓްރީކޮށްފައި ހުންނަ ކޮންމެ ގޭބިސީއަކަށް ވެސް ކަދުރު ބަހަ އެވެ.

ހއ އަތޮޅަށް ފޮނުވާފައިވަނީ 3065 ކިލޯގެ ކަދުރެވެ. އަދި ށ އަތޮޅަށް ފޮނުވަނީ 2397 ކިލޯގެ ކަދުރެވެ.

ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރިއިރު އެކަދުރުގެ އަގަކީ 70666 ޑޮލަރު (1.1 މިލިޔަން ރުފިޔާ) ކަދުރެވެ.

ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަދުރު ހަދިޔާކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ފާއިތުވި އަހަރު ވެސް އެގައުމުން ވަނީ ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355