twitterviber whatsapp telegramfacebookyoutube instagram
16th May 2025

އުރީދޫއިން އިޒީ މެކްރޯ ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި

May 18, 2015

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިޒީ މެކްރޯ ބޭނުން ކުރަންފަށައިފި އެވެ.

މިއީ ދެކުނު އޭސިޔާ އަދި ދިވެހި ރާއްޖެއަށް ވެސް މި ޓެކްނޮލޮޖީ ތައާރަފްކުރެވުނު ފުރަތަމަ ފަހަރެވެ. އަދި އުރީދޫއަކީ މި ހިދުމަތް ދޫކުރަންފެށި ފުރަތަމަ ކުންފުންޏެވެ.

އުރީދޫއިން މި ތައާރަފްކުރި މޯބައިލް މާކެޓްގެ އެންމެފަހުގެ މިޓެކްނޮލޮޖީގެ ސަބަބުން ހިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަވެ ލުއިފަސޭހަ އަދި ބޮޑު ކެޕޭސިޓީއެއް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. ތިރި އިމާރާތްތަކާއި ހަމާގައި ހަރުކުރެވޭ މިޑިވަސްގެ ސަބަބުން އިމާރާތްތަކުގެ ތެރޭގައި ދިމާވާ ނެޓްވޯކުގެ މައްސަލަތަކަށް ހައްލެލިބި ޑޭޓާ ވޮއިސް ހިދުމަތުގެ ފެންވަރު 3ޖީ ޕްލަސް އަދު 4ޖީގެ ނެޓްވޯކުތަކުގައި ފުރިހަމަވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މީހުން ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ނެޓްވޯކް ވަރުގަދަކޮށްދީ އިޒީ މެކްރޯގެ ސަބަބުން މީހުން ހިދުމަތް ގިނައިން ބޭނުން ކުރާގަނޑިތަކުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ކަސްޓަމަރުންގެ ހިޔާލްތައް ބަލައިގަނެ ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށާއި އަދި ދިވެހިރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފް ކުރުމުގައި އެންމެ ކުރީގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355