twitterviber whatsapp telegramfacebookyoutube instagram
11th September 2025

“މަގޭ ސާފު ފުނަދޫ” ގެނަމުގައި ޑަސްޕިން ބެހެއްޓުމުގެ ޕްރޮގްރާމެއް ފަށައިފި

May 20, 2015

“މަގޭ ސާފު ފުނަދޫ”ގެނަމުގައި ށ. ފުނަދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު އެރަށުގެ އެކި ސަރަހައްދުގައި ޑަސްޕިން ބެހެއްޓުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 12 ޑަސްޕިން ބެހެއްޓިފައިވާނެ ކަމަށާއި އެގޮތުން ޑަސްޕިޓަން ބެހެއްޓިފައި ހުންނާނީ ބަދަރު ސަރަހައްދާއި، މީހުން އާންމުކޮށް ނިކުމެ އުޅޭ ސަރަހައްދުތަކުގައި އަދި ޕްރީ ސްކޫލް ކައިރީގަ ކަމަށެވެ.

މަގޭ ސާފު ފުނަދޫގެ ނަމުގައި ފުނަދޫ ކައުންސިލުން މި ޕްރޮގްރާމް ފެށީ މިދިޔަ އަހަރު ޑިސެމްބަރ މަހު 1 ވަނަ ދުވަހު އެވެ. މި ޕްރޮގްރާމްގެ ދަށުން ގޭގެއިން ކުނި ނަގައިގެން ގެންގޮސް ކުނި ނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ވެސް އަހުމަދު އިބްްރާހިމް ވިދާޅުވި އެެވެ.

ކުރިއަށް އޮތްނުގައި ވެސް އިތުރަށް ޑަސްޕިން ބެހެއްޓުމުގެ ޕްރޮގްރާމެއް ކުރިއަށް ދާނެކަމަށް އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355