twitterviber whatsapp telegramfacebookyoutube instagram
1st June 2026

އަލިފާނުން ރައްކާތެރިކުރުމަށް ހޭލުންތެރިކުމުގެ ޕްރޮގުރާމެއް އެމްއެންޑީއެފުން ފަށައިފި

May 21, 2015

ކުޅުދުއްފުށިގެ ގޭބިސީތައް އަލިފާނުން ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު ކުޅުދުއްފުށީ “ގޭޖް”ގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގުރާމް ފައްޓަވައިދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް އައިމަނު މުހައްމަދެވެ.

ރަސްމިއްޔާތުގައި އައިމަނު ވިދާޅުވީ މިފަދަ ޕްރޮގުރާމެއް އެމްއެންޑީއެފުން އިސްނަގައިގެން ކުރިއަށްގެންދާއިރު މިކަމަށް ކުޅުދުއްފުށިގެ ހުރީހާ ގޭބިސީތަކަކުން އެއްބާރުލުންދިނުމަށެވެ. ދިމާވެދާނެ އަލިފާނުގެ ހާދިސާ ރައްކާތެރިވުމުގެ މައްޗަށް އޭނާ ވާހަކަދެއްކެވި އެވެ.

އެމްއެންޑިއެފުން ބުނީ މި ޕްރޮގުރާމުގައި ކުޅުދުއްފުށީގެ ހުރީހާ ގޭބިސީތަކަށް އެފަރާތުން ޒިޔާރަތްކޮށް، އަލިފާނުން ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތު ދެވޭނެ ކަމަށެވެ.

މިއަދު ފެށި މިޕްރޮގުރާމް އަންނަ މަހު 21 ވަނަ ދުވަހަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.މިރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންނާއި އެމްއެންޑީއެފްގެ ނޮދާރ އޭރިއާގެ ސިފައިން ބައިވެރިވި އެވެ.

[yass cats=174]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355