twitterviber whatsapp telegramfacebookyoutube instagram
14th February 2026

މާލީ ހިސާބުތައް ތައްޔާރު ކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ރާއްޖޭގެ އަތޮޅުތަކަށް ދަނީ

May 22, 2015

2014 ވަނަ އަހަރު ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

މެއި މަހު 5 ން ޖޫން މަހު 25 އަށް މީރާގެ ޓީމްތަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު މި ދަތުރުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މީރާއަށް ހުށައަޅަންޖެހޭ 2014 ވަނަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މީރާގެ އޮންލައިން ސިސްޓަމް “މީރާކަނެކްޓް” އަށް ރަޖިސްޓަރީކޮށް، މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި ވެސް މީރާގެ ޓީމްތަކުން އެ ފަރާތްތަކަށް އެހީތެރިވެދޭނެކަމަށް މީރާއިން މައުލޫމާތު ހާމަކުރެ އެވެ.

މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ނަން ނޯޓް ކުރުމަށްވެސް މީރާއިން އެދިލައްވަ އެވެ.

މި ދަތުރުތަކުގައި މީރާގެ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ.

ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުގެ ހިސާބުކުރާ މުއްދަތު 31 ޑިސެންބަރު 2014 އަށް ނިމޭ ފަރާތްތަކުގެ 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2015 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355