twitterviber whatsapp telegramfacebookyoutube instagram
12th July 2025

އަލިގަދަ ތަރި ގުރުއާން މުބާރާތުގެ އޯޑިޝަން މިއަދު ކުޅުދުއްފުށީގައި ބާއްވަނީ

May 22, 2015

ޓީވީ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ރޯދަމަހު ބާއްވަމުން އަންނަ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ އޯޑިޝަން މިއަދު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓީވީ މޯލްޑިވްސް އިން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން މުބާރާތުގެ ޕްރޮޑިއުސަރ މުޖަތަބާ ވިދާޅުވީ މުބާރާތުގެ އޯޑިޝަން އޮންނާނީ މިއަދު ހަވީރު 2 އިން 4 ކަށެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއަދު ހެނދުނު ވަނީ ނަންނޯޓް ކޮށްފަ އެވެ.

އޭގެ އިތުރުން މުބާރާތަށް ހޮވޭ ފަރާތްތަކަށް މާލޭގައި ތިބުމާއި ދަތުރުގެ ހަރަދު ޓީވީ މޯލްޑިވްސްގެ ފަރާތުން ހަމަޖެހިފައިވާނެ ކަމަށާއި މި މުބާރާތަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

ހދ އަތޮޅުގެ އިތުރުން މި މުބާރާތުގެ އޮޑިޝަން ކުރިއަށް ދާނީ ޅ އަތޮޅުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355