twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީ ކައުންސިލުން ހެދި ވަގުތީ މަސް މާރުކޭޓް ހުޅުވައިފި

May 25, 2015

ރަށު މާލިއްޔާއިން ހަރަދުކޮށްގެން ކުޅުދުއްފުށީ ކައުންސިލުން ހެދި ވަގުތީ މަސް މާރުކޭޓް މިއަދު ހުޅުވައިފި އެވެ.

މިމަސް މާރުކޭޓް ހުޅުވައިދެއްވީ މިއަދު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވިދާޅުވީ މަސްމާރުކޭޓް ހެދުމަށް މާލިއްޔާއިން ދެލައްކަ ސާޅީ ހާސް ރުފިޔާ ހަރަދުކޮށްފައިވާނޭ ކަމަށެވެ.

މަސް މާރުކޭޓް ރީތިކޮށް ބެލެހެއްޓުމަށް އެތަން ބޭނުންކުރާ ހުރިހާ ފަރާތަކެއް މަސައްކަތް ކުރުމަށް ކައުންސިލްގެ ރައީސް އެދިއްލެވި އެވެ.

އޮއިވާލި ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި މި މަސް މާރުކޭޓަކީ 80 ފޫޓް 20 ފޫޓް ބޮޑުމިނުގެ ތަނެކެވެ. މަސް ކެޑޭނެ އިންތިޒާމްވެސް މި މަސް މާރުކޭޓްގައި ގާއިމްކޮށްފައިވެ އެވެ.

މި މަސް މާރުކޭޓް ހެދުމަށް ހަރަދުވާ ފައިސާ ސަރުކާރު ދެއްވުމަށް ކައުންސިލުން ރާއްޖޭގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަރިހުގައި ދެނެއްވި ނަމަވެސް މިހާތަނަން އެކަމުގެ އެއްވެސް ހަބަރެއް ވެފައެއް ނުވާ ކަމަށް ކައުންސިލް ބުނެ އެވެ.

[yass cats=175]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355