twitterviber whatsapp telegramfacebookyoutube instagram
11th September 2025

ދަރިފުޅު މޫދަށް “ގެންބިކަމަށް” ހީކޮށް ބަޔަކު ފުލުހުންނަށް ރިޕޯޓްކޮށްފި

May 26, 2015

8 އަހަރުގެ އަންހެން ދަރިފުޅު މޫދަށް “ގެންބިކަމަށް” ހީކޮށް ބަޔަކު ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ހިންގި މިހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ އަންހެން ދަރިފުޅު އޭނާގެ މަންމަ މޫދަށް “ގެންބިކަމަށް” ބަޔަކަށް ހީވެގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފުލުހުންނާ ފެމެލީ އެންޑް ޗިއުރަން ސާވިސް އާއި ގުޅިގެން އެ މައްސަލަ ތަހްގީކުރިކަމަށާއި އޭނާ ދަރިފުޅު “ގަންބަން” މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ގޮތުން ކުރިކަމެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށި އޮންލައިނަށް އެގިފައިވާ ގޮތުގައި ދެމައިން މޫދަށް ގޮސް އުޅުމުގެ ތެރޭގައި މަންމަ މަސައްކަތްކުރީ ދަރިފުޅު “ބިރު”ކެނޑުވުމުގެ ގޮތުން ބޭރަށް ގެންދިއުމަށެވެ. އަދި އޭނާގެ ދަރިފުޅު ބޭރަށް ގެންދިއުމުގެ ތެރޭގައި ވެއްޓިވުމުން އެވަގުތު އެތަނުގައި ތިބި މީހުންނަށް “ގަންބަނީ” ކަމަށް ހީވެ ރިޕޯޓްކުރީ ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355