twitterviber whatsapp telegramfacebookyoutube instagram
12th July 2025

ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގައި އަންހެނަކު ސާފު ފުޅިއެއް ބޯލައިފި

May 26, 2015

ލޯބިވެރިޔާއާއި ޖެހުނު މައްސަލައެއްގައި އަންހެނަކު ވިންގްސް ފުޅިއެއް ބޯލައިފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” އެގިފައިވާ ގޮތުގައި މި އަންހެން ކުއްޖާ ސާފު ފުޅިގެ އިތުރުން ފުރަތަމަ ބޯލާފައިވަނީ ލައްފިލުވާ ފުޅި އެކެވެ. އޭނާ މިކަން ކޮށްފައިވަނީ ލޯބިވެރިޔާއާ އެކު ޖެހުނު މައްސަލައެއްގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މިނޫހަށް މައުލޫމާތުދެމުން ބުންޏެވެ.

29 އަހަރުގެ މިއަންހެން މީހާއަކީ ކުރިން މީހަކާ އިނދެ މިހާރު ވަރިކޮށްފައިވާ މީހެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މިނޫހަށް މައުލޫމާތު ދީފަވެ އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ލިބުނު ގޮތުގައި މި އަންހެން ކުއްޖާ ކުޅުދުއްފުއްޓަށް ގެނައީ މިއަދު 1:30 ހާއިރު އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ހޮޅިގުޅައިގެން ފަރުވާ ދީފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިނޫހަށް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅި ތަހްގީގުކުރަމުންދާ ކަމަށެވެ.

ލޯބިވެރިޔާއާއި ޖެހުނު މައްސަލައެއްގައި ސާފު ފުޅިއެއް ބޯލި ހއ ހޯރަފުށި އަންހެން މީހާއަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަންހެން ކުއްޖާގެ ހާލަތު އަންނަނީ ރަގަނޅު ވަމުންނެވެ. މިކަމާއި ބެހޭގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355