twitterviber whatsapp telegramfacebookyoutube instagram
12th July 2025

ރޯދަމަހަށް ކުޅުދުއްފުށީ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވަނީ

May 27, 2015

ރޯދަމަހަށް ކުޅުދުއްފުށީ ހުރިހާ މިސްކިތެއްގެ މަރާމާތުކުރަން ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފި އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވިފަވާ ކަމަށާއި މި މަސައްކަތުގެ ދަށުން ކުޅުދުއްފުށި ހުރިހާ މިސްކިތުގެ މަރާމާތު ކުރެވިގެންދާނެ ކަމަށެވެ.

މަރާމާތުގެ ކުރުމުގެ ގޮތުން މިސްކިތްތަކުގެ ކުލަ ބަދަލުކުރުމާއި ވަރުނީސްލައި ފީވެފަހުރި ވަކަރު ފަދަ ތަކެތި ބަދަލު ކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވިދާޅުވީ މަސައްކަތް ނިމުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާދީފައިވަނީ 5 ލައްކަ ރުފިޔާކަމަށެވެ.

ކައުންސިލްގެ ރައީސް ވަނީ ރޯދަމަސް މިހާ ކައިރިވެފައި ވަނިކޮށް މިސްކިތްކުގެ ބަޖެޓް ހަމަޖެހުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ ދުރާލައި މަސައްކަތް ފެށުނު ނަމަ މަސައްކަތް އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށާއި އަދި ކުރިޔަށް އޮތްތާގައި މިކަންތައްތައް އިސްލާހް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355