twitterviber whatsapp telegramfacebookyoutube instagram
12th August 2026

15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

May 27, 2015

15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު 19 އަހަރުގެ ފިރިހެނަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަލް “ކުޅުދުއްފުށި އޮންލައިނަށް” މިއަދު ވިދާޅުވީ 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު މިމަހު 13 ވަނަ ދުވަހު ކުޅުދުއްފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދުގެ މުއްދަތު ކުޅުދުއްފުށި ކޯޓުން ދެފަހަރަށް ޖަހާދީފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމައްސަލަ ފުލުހުން މިހާރު ތަހްގީގުކުރަމުންދާ ކަމަށެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” އެގިފައިވާ ގޮތުގައި މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭޑީކޭ ކޯލް ސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355