twitterviber whatsapp telegramfacebookyoutube instagram
16th May 2025

ސާފުފުޅި ބޯލި އަންހެން މީހާގެ ހާލު ރަގަޅު: ކުޅުދުއްފުށީ ހޮސްޕިޓަލް

May 27, 2015

ފާހާނާ ސާފުކުރަން ބޭނުންކުރާ ވިންގްސް ފުޅިއެއް ބޯލައިގެން ސީރިއަސް ހާލަތަކަށް ދިޔަ ހޯރަފުށީ އަންހެން މީހާގެ ހާލު މިހާރު ރަގަޅުކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިޝަލް ހަސަން ހުސެއިން ” ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ ސާފު ފުޅި ބޯލައިގެން އިއްޔެ ހޮސްޕިޓަލަށް ގެނައި އަންހެން މީހާގެ ހާލު ރަގަޅުކަމަށެވެ.

އޭނާ ވިދާޅުވީ އެމީހާގެ ހާލު ރަގަޅުކަމުގައި ވީނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައްތައް ހުރުމުން އަދިވެސް އޭނާ އޮތީ އައިސީޔޫގައި ބާއްވާފަ ކަމަށެވެ.

ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގައި ސާފު ފުޅިއެއް ބޯލި 29 އަހަރުގެ އަންހެން މީހާ މިކަމެއް ކޮށްފައިވަނީ އިއްޔެ މެންދުރު އެވެ.

މި އަންހެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ 1:30ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355