twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހދ. އަތޮޅު ކައުންސިލުން ހެލްތް މިނިސްޓަރާ ބައްދަލުކުރައްވައިފި

May 27, 2015

ހދ އަތޮޅު ކައުންސިލުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

“ކުޅުދުއްްފުށީ އޮންލައިނަށް” މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރު ވިދާޅުވީ ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކޮށްފައިވަނީ ހދ. އަތޮޅުގެ ސިއްހީ ނިޒާމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމާ ބޭހޭ ގޮތުން ކަމަށެވެ.

އެގޮތުން އެއަތޮޅުގެ ރަށްރަށުގެ ހެލްތް ސެންޓަރުތަކަށް ބޭނުންވާ ތަކެތި ހޯދުމާއި، އިންފްރާސްޓަކްޗާރ އަދި މުވައްޒަފުންގެ ގެ މައްސަލަތާއި މެދު މަޝްވަރާ ކުރެއްވިކަމަށާއި އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕަޓަލަށް ބޭނުންވާ ސްފެޝަލިސްޓުން ހޯދުމާއި އިތުރަށް ބޭނުން މެޝިނަރީސްތަކާ ބޭހޭގޮތުން މައުލޫމާތު ދެވިފައިވާނެ އާދަމް ނަސީރު ވިދާޅުވި އެވެ

އާދަމް ނަސީރު މިނިސްޓަރގެ ފަރާތުން ލިބުނު ޖަވާބުތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި އުންމީދު ކުރަނީ ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަތޮޅު ކައުންސިލުގެ ރައީސްގެ އިތުރުން ކައުންސިލުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެލެއްވީ އަތޮޅު ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ އަބުދުލް މުހައިމިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355