twitterviber whatsapp telegramfacebookyoutube instagram
8th June 2025
ADVERTISEMENT

ފިނޭގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވައިފި

May 28, 2015

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހދ. ފިނޭގައި ފާމަސީއެއް ހުޅުވާ ހިދުމަތް ދޭން ފަށައިފި އެވެ.

އިއްޔެ ހުޅުވި މި ފާމަސީއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު 119 އަށް ވަނީ އަރާފަ އެވެ.

ހދ. އަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަތޮޅު ނަމަވެސް އެސްޓީއޯގެ ފާމަސީތައް އެންމެ މަދުން ހުރީ އެ އަތޮޅުގަ އެވެ. އެއީ ފިނޭގެ އިތުރުން ވައިކަރަދޫ އާއި ކުޅުދުއްފުއްޓާއި ހަނިމާދޫގަ އެވެ.

އެސްޓީއޯ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެ އަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ސަރުކާރުން ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com