twitterviber whatsapp telegramfacebookyoutube instagram
8th November 2025

ބިލު ނުދައްކައިގެން ކުޅުދުއްފުށީގެ 48 ފިހާރަކުން ކަރަންޓް ކަނޑާލައިފި

May 28, 2015

ކަރަންޓް ބިލް ނުދައްކައިގެ ކުޅުދުއްފުށީގެ ބައެއް ފިހާރަތަކުން މިއަދު ކަރަންޓް ކަނޑާލައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުންގެ އޮފިޝަލަކު “ކުޅުދުއްފުށި އޮންލައިނަށް” ވިދާޅުވީ މުއްދަތު ހަމަވިއިރު ކަރަންޓް ބިލް ނުދައްކައިގެން ވިޔަފާރިކުރާ 48 ތަނަކުން ކަރަންޓް ކަނޑާލިކަމަށެވެ.

” މުއްދަތު ހަމަވިއިރު ބިލު ނުދައްކާ ހުރި 68 ވިޔަފާރިއަކުން، އެކަމަކު އިންޒާރު ދިނުމުން ބިލު ނުދެއްކި 48 ތަނަކުން ކަރަންޓް ކަނޑާލީ ” އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކަރަންޓް ކަނޑާލަން ފެށީ މީގެ ހަތަރުވަރަކަށް ދުވަސް ކުރިން ކަމަށާއި އެކި ފިހާރަތަކުން ކަރަންޓް ކަނޑާލާފައިވަނީ އެކި ދުވަހުން ކަމަށެވެ. .

އޭނާ ވިދާޅުވީ ކަރަންޓް ކަނޑާލުމުން ގިނަ ފިހާރަތަކުން ދުވަހުން ދުވަހަށް ބިލު ދައްކާ ކަމަށާއި ބިލް ދައްކާ ފިހާރަތަކަށް ވަގުތުން ކަރަންޓް ފޯރުކޮށްދީފައިވާނޭ ކަމަށެވެ. އަދި ކަރަންޓް ކަނޑާލި ފިހާރަތަކުގެ ތެރެއިން މިހާރު ބިލް ނުދައްކާ ހުރީ ދެތިން ފިހާރައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ދޫކުރާ ކަރަންޓް ސަބްސިޑީ ސަރުކާރުން ކަނޑާލުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިވެރިން ވަނީ އިހްތިޖާޖުކޮށްފަ އެވެ.

ޒަމާނުންސުރެ ރާއްޖޭގައި ކަރަންޓް ފޯރުކޮށްދިނުމުގައި ސަރުކާރުތަކުން އެކި ސަރަހައްދުތަކަށް ކަރަންޓް ބިލް ކުރުމުގައި ބޮޑެތި ތަފާތު ކުރުން ތަކެއް ގެންގުޅެ އެވެ. އަދި އަބަދުވެސް އަތޮޅުތެރެއަށް ވުރެ މާލެ ސަރަހައްދަށް ކަރަންޓުގެ އަގު ހެޔޮކަން ފާހަގަކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355