twitterviber whatsapp telegramfacebookyoutube instagram
12th August 2026

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހިނގާލުން

May 30, 2015

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި މިއަދު ބޭއްވި ސްކޫލު ކުދިންގެ ހިނގާލުން ކުޅުދުއްފުށީގައި ވެސް ކުރިއަށްގެންގޮސްފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގެ ބޮޑެތި ބައެއް މަގުތަކުގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ބައިވެރިވީ 260 ހާ ދަރިވަރުންނެވެ. މި ހިނގާލުމުގައި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ 3 ސްކޫލުން ވެސް ބައިވެރިވި އެވެ.

އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންގެ އިތުރުން ބައެއް އާއްމުން ވެސް މި ހިންގާލުމުގައި ބައިވެރިވި އެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހިނގާލުން ފަށާފައި ވަނީ މިއަދު ހަވީ 4:30 ގައި ކައުންސިލު އިދާރާ ކުރިމަތިންނެވެ. .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355