twitterviber whatsapp telegramfacebookyoutube instagram
1st June 2026

123 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކޮމަންޑޫގައި ފޮޓޯ މައުރަޒެއް ބާއްވައިފި

May 31, 2015

123 ސިފައިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ސިފައިންގެ 14 ވަނަ ފޮޓޯ މައުރަޒު ށ.ކޮމަންޑޫގައި ބާއްވައިފި އެވެ.

ށ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި މައުރަޒު ހުޅުވައި ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާރިފެވެ.

މި މައުރަޒުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ށ.ކޮމަންޑޫ ކައުންސިލްގެ މެންބަރުންނާއި ކޮމަންޑޫގައިި ހުރި ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންނާ ގިނަ އަދަދެއްގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މި މައުރަޒުގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާއީ ހަރަކާތްތަކާއި ސިފައިންގެ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުުރުން ސިފައިންގެ ތާރީހީ ބައެއް ފޮޓޯތައް ހިމަނާފައިވެއެވެ.

މި ފޮޓޯ މައުރަޒާއެކު ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ކޮމަންޑޫގައި ބާއްވާފައެވެ. މި ހަވީރުގައި ވަނީ ސިފައިންގެއާއި ކޮމަންޑޫގެ އެކި މުވައްސަސާތަކުން ހިންގި ސްޓޯލްތަކާއި ސްޓޭޖް އައިޓަމްތަށް ކުރިޔަށް ގެންގޮސްފަ އެވެ.

މިމަހުގެ 29 ން 30 އަށް ބޭއްވި މި ފޮޓޯ މަޢުރަޒާއި ކުޑަކުދިންގެ ހަވީރުގައި ވަނީ ގިނަ އަދަދެއްގެ އާންމުރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355