twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބާސެލޯނާއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

Jun 7, 2015

ބާސެލޯނާއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ. ރޭ ޖަރުމަނުގެ ބާލިންގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 3-1 އިންނެވެ.

މެޗުގެ 4 ވަނަ މިނެޓްގައި ބާސެލޯނާގެ ރަކިޓިޗް ވަނީ ޓީމުގެ ޕާސިން މޫވެއްގައި އިނިއެސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ ކުރީމަތީ މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެ ލަނޑުޖަހައި ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. މިއީ އިނިއެސްޓާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ލަނޑު ޖަހަން އެސިސްޓްވި ތިން ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މީގެ އިތުރުންވެސް ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު ޔުވެންޓަސްގެ ކީޕަރ ބުފޮންވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. މީގެ ތެރެއިންވެސް ޑެނިއެލް އަލްވޭސް ފޮނުވާލީ ހަމަލާ ފާހަގަކޮށްލެވެ އެވެ.

ފަހު ފަށައިގެން ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު ޔުވެންޓަސްއިން ނަތީޖާ ހަމަހަމަކުރީ 55 ވަނަ މިނެޓްގައި ޓެވޭޒް ހެދި ސޮޓަކުން ނުކުތް ރިބައުންސްގައި އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ އަކީ ޔުވެންޓަސް ސެމީއަށް ގެންގޮސްދިނުމަށް މުހިއްމު ދެ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

މި ލަނޑާއެކު ޔުވެންޓަސް އިން ކައިރި ކައިރީގައި ދެ ހަމަލާއެއް އުފައްދާ ބާސާގެ ގޯލަށް ނުރައްކާކުރި ނަމަވެސް ބާސާ ވަނީ 68 ވަނަ މިނެޓްގައި އަލުން ލީޑު ހޯދާފަ އެވެ. މިއީ މެސީ ހެދި ސޮޓަކުން ނުކުތް ރިބައުންސެއްގައި ލިބުނު ހުސް ފުރުސަތަކުން ސުއަރޭޒް ކާމިޔާބުކުރި ލަނޑެކެވެ.

ނޭމާ ގެ ލަނޑެއް ހޭންޑްވީ ކަމަށް ބަލައި ގޯލް ޑިސްއެލޯ ކޮށްފައިވާއިރު މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި ބަދަލު ކުޅުންތެރިޔާ ޕެޑްރޯއާ ވަން ޓޫ އެއް ޖެހުމަށްފަހު ނޭމާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ފަސް ވަނަ ފަހަރަކަށް ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355