twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮރަލްސް ފުޓްސަލް ޗެލެންޖް 2015 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

Jun 7, 2015

ކޮރަލްސް ފުޓްސަލް ޗެލެންޖް 2015 ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ޖޫން މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އެސްޓީއޯ ނޫފަހި އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާއިރު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 20 ޓީމަށެވެ.

މި އަހަރު ވުޖޫދަށް އައި ކްލަބް ކޮރަލްސް އިން މައުލޫމާތު ދޭ ގޮތުގައި ޗެމްޕިއަން ޓީމަށް 6000 ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބައިވެރިވުމަށް ހުޅުވާލާފައިވަނީ މި މަހުގެ 7 އިން 10 ވަނަ ދުވަހުގެ ރޭ 22:00 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު ކުއަންޓަމް ފިހާރާއިން ލިބެން ހުންނާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެ އެވެ. އަދި ކްލަބް ކޮރަލްސް ޕޭޖްއިން ވެސް މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 1000ރ ނެގުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 2 ކުޅުންތެރިން ޖެހުމުގެ ފުރުސަތު އޮވެ އެވެ.

ކްލަބް ކޮރަލްސް ގެ ފަރާތުން ހާމަކުރި ގޮތުގައި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ މުޅި ރަށަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުމާއި ކުޅިވަރުގެ ރޫހް އާލާކޮށް އެކުވެރިކަން ބަދަހިކޮށް ފުޓްސަލް އަށް ޝައުޤުވެރިކަން އުފެއްދުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355