ރަމްޟާން މަހުގެ އިނާޔާތް ބޮޑުކުރުމުން ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަން ޖެހޭ ކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހުގެ އިނާޔަތް ބޮޑު ކުރުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބަހުސް ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ ރަމްޟާންމަހުގެ އިނާޔާތް ބޮޑުކުރުމުންގެ ސަބަބުން ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަންޖެހޭ ކަމަށެވެ.
ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ރޯދަ އިނާޔަތް ދޭން ސަރުކާރުން ވިސްނާއިރު ތަކެތީގެ އަގު އުފުލެމުންދާ ކަމަށާއި އިނާޔަތް ލިބޭ މީހުންނަށް ވުރެ އިނާޔަތް ނުލިބޭ މީހުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ ރަމަޟާން މަހުގެ އިނާޔަތް އެންމެނަށް ހަމަހަމަކަމާ އެކު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށާއި ސަރުކާރުން ބޭނުންހާ ގޮތަކަށް ބަޖެޓު ހަމަޖެއްސުމަށްފަހު އެކަން އެގޮތަށް ކުރި ކަމުގައި ވިޔަސް އަމިއްލަ ވިޔަފާރިވެރިން އެކަން އެގޮތަށް ހަމަޖައްސާނެ ގޮތެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ނާޝިދު ވިދާޅުވީ ގާނޫނަކަށް ކުއްލިއަކަށް ބަދަލެއް ގެންނަ ކަމަށްވާނަމަ އެކަމަށް ދުރާލައި ތަން ދޭންޖެހޭނެކަމަށް އެމްއެމްއޭގެ ގަވަރުނަރު ވެސް ވިދާޅުވެފައިވާ ކަމަށެވެ..