ޕީޕީއެމްއަށް މިއަދު ސޮއިކުރެއްވި ހދ. އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން “ބޭރުކުރުމަށް” ވައިކަރަދޫ ކައުންސިލް މެމްބަރު އަހުމަދު ނަސީމް ގޮވާލައިފި އެވެ.
އަހުމަދު ނަސީމް މިހެން ގޮވާލީ އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ލިޔުނު ސްޓޭޓަސްއެއްގަ އެވެ.
” ހދ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް ހދ އަތޮޅު ރައްޔިތުންގެ މޫނުމަތީ ތަފާވަރަކުން ޖަހައިފި. އަނިޔާވެރި އާދަމް ނާސިރު އަތޮޅު ކައުންސިލްގެ ރައީސްކަމުން ބޭރުކުރުމަށް ގޮވާލަން ” ނަސީމްގެ ސްޓޭޓަސްގައި ވެއެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރުގެ އިތުރުން ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުއްލަތީފާއި އެކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީއާއި އަދި ހއ. ހޯރަފުށި ކައުންސިލް މެމްބަރު މުހައްމަދު ސަލީމް އަދި އެރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ވަހީދު އުސްމާންވެސް ވަނީ މިއަދު ޕީޕީއެމް އާއި ގުޅިފައެވެ.
އާދަމް ނާސިރު ޕީޕީއެމްއަށް ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން–
މި 4 ކައުންސިލަރުންގެ އިތުރުން ބ. ހިތާދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު އަބުދުލް ޣަފޫރުވެސް ވަނީ މިއަދު ޕީޕީއެމްއަށް ސޮއިކޮށްފަ އެެވެ.
މީިޑިއާއަށް މައުލޫމާތުދެމުން އެބޭފުޅުން ވިދާޅުވީ ޕީޕީއެމާ ގުޅުނީ އެޕާޓީއާއި ގުޅިގެން ނޫނީ ރައްޔިތުންނަށް ހިދުމަތްދީ ގައުމު ތަރައްގީ ކުރަން އުނދަގުވާނެތީ ކަމަށެވެ.
އާދަމް ނާސިރަކީ އަދާލަތް ޕާޓީއެއް ގޮޑިއެއްގައި ކައުންސިލަށް ހޮވުނު ބޭފުޅެކެވެ. އަތޮޅު ކައުންސިލްގައި ނާސިރު ފުރުއްވަނީ ހަނިމާދޫ ދާއިރާ އެވެ.